ދީން

އައިސްލޭންޑުގައި ގާތްގަނޑަކަށް 17 ގަޑިއިރު ވަންދެން ރޯދައަށް ހުންނަން ޖެހޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކި ޤައުމުތަކަށް އިރު އޮއްސޭ ގަޑި ތަފާތުވުމާ އެކު ރޯދައަށް ތިބެން ޖެހޭ ވަގުތު ވެސް އެކި ގައުމުތަކުގައި ތަފާތެވެ. ބައެއް ޤައުމުތަކުގައި 20 ގަޑިއިރު ވަންދެން ވެސް ރޯދައަށް ހުންނަން ޖެހޭއިރު އަނެއްބައި ޤައުމުތަކުގައި ރޯދައަށް ހުންނަން ޖެހެނީ 11 ގަޑިއިރެވެ.

Ads by STELCO

އެގޮތުން މިއަހަރު އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަން ޖެހެނީ އައިސްލޭންޑުގައި ދިރިއުޅޭ މުސްލިމުންނަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، އައިސްލޭންޑުގައި 16 ގަޑިއިރާއި 50 މިނެޓު ވަންދެން ރޯދައަށް ހުންނަން ޖެހެއެވެ.

އެ ޤައުމުގެ އިތުރުން ދެން އެންމެ ގިނަ ވަގުތު ވަންދެން ރޯދައަށް ހުންނަން ޖެހެނީ ޕޯޗުގަލްގައި ދިރިއުޅޭ މުސްލިމުންނެވެ. އެ ޤައުމުގައި ބަރާބަރު 16 ގަޑިއިރު ވަންދެން ރޯދައަށް ހުންނަން ޖެހެއެވެ.

އިނގިރޭސިވިލާތާއި ފްރާންސަށް މިދުވަސްކޮޅު އިރުއޮއްސެނީ، ފަތިސް ނަމާދު ވަގުތުން ފެށިގެން 15 ގަޑިއިރާއި 16 މިނެޓު ފަހުންނެވެ. އަދި ޕޮލޭންޑަށް 15 ގަޑިއިރު ފަހުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިއަހަރު އެންމެ މަދު ވަގުތު ރޯދައަށް ހުންނަން ޖެހެނީ ދެކުނު އެފްރިކާއަށެވެ. އެޤައުމުގެ މުސްލިމުން ރޯދަ ހިފާނީ 11 ގަޑިއިރަށެވެ. ދެކުނު އެފްރިކާއަށް ފަހު އެންމެ މަދު ވަގުތު ރޯދަ ހިފާނީ އާޖެންޓީނާގެ މުސްލިމުންނެވެ. އެ ޤައުމުގެ މުސްލިމުން ރޯދައަށް ތިބެން ޖެހެނީ 11 ގަޑިއިރާއި 15 މިނެޓު ވަންދެނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!