Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަލްމާން މިސްކިތުގައި ޕާކުކުރާނެ ތަނެއް ނެތީ ކުރީ ސަރުކާރާ ހެދި: ޕްލޭނިން މިނިސްޓްރީ

ސަލްމާން މިސްކިތުގައި ޕާކުކުރާނެ ތަނެއް ނެތީ ކުރީ ސަރުކާރާ ހެދި: ޕްލޭނިން މިނިސްޓްރީ

މިދިޔަ ހުކުރު ދުވަހު ހުޅުވި ސަލްމާން މިސްކިތުގައި ޕާކު ކުރާނެ ސަރަހައްދެއް ނެތީ ކުރީ ސަރުކާރުން އެ ކަމަށް ޕްލޭން ނުކުރުމުން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ނަމާދު ވަގުތު މިސްކިތަށް ދިޔަ ފަރާތްތައް ސައިކަލުތައް ޕާކުކުރާނެ ސަރަހައްދެއް ނެތިގެން ޕާކުކޮށްފައި ވަނީ މަގުމަތީގައެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިސްކިތް ސަރަހައްދުގައި ޕާކު ކުރާނެ ގޮތް ހެދުމަށް އެ މިސްކިތުގެ ކުރިމަތީގައި އޮންނަ އެމްޓީސީސީ ސޯމިލް ދިނުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ނަމަވެސް އެކަން ނުކޮށްދޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަލްމާން މިސްކިތުގެ މިސްކިތުގެ ގޯތި ތެރެއަށްވާ ސަރަހައްދުން ބޭސްމަންޓް ނުވަތަ ޕާކިންއެއް ހިމަނައިފައިވާ ކުރެހުމެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އަކްރަމް ވިދާޅުވީ، ސަލްމާން މިސްކިތް ކުރީގެ ސަރުކާރުގައި އެކި ފަހަރު މަތިން ޕްލޭން ބަދަލުކޮށްފައިވާ ކަމަށާއި ފަހުން މިސްކިތް ބިނާކޮށްފައި ވަނީ ޕާކިންއަށް ޖާގައެއް ޚާއްސަ ނުކޮށް ކަމަށެވެ. އަދި ކުރެހުމަކީ ފުރަތަމަ ޕްލޭން ކުރި ގޮތް ކަމަށް ވިދާޅުވިއެވެ. އެ މިސްކިތް ޕްލޭން ކުރެއްވި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މާލޭގެ މިހާރުގެ މޭޔަރު މުޢިއްޒެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް