ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

Ads by STELCO

އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައަކީ، އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ހައިކޯޓުން އިއްޔެ ވަނީ އެމައްސަލަ ބޭރުކޮށްލައިފައެވެ. ހައި ކޯޓުން ބުނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގޭން ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށް ޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ. އެހެންކަމުން މި ޤަވާއިދުގައި ބުނާ މުއްދަތުގައި އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!