ޑިމާންޑް ބޮޑުވުމާ ގުޅިގެން ފެން ވިއްކުން ލިމިޓްކޮށްފި

ފުޅީގައި ބަންދު ކުރާ ފެންފުޅިތަކުގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން، ފެން ވިއްކުން މިއަދު ލިމިޓުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ބުނީ މިއީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރުކަމަށް ވާތީ ފެނުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށާއި ވަކިން ހާއްސަކޮށް މިދުވަސްވަރު އަތޮޅު ތެރެއަށް ފެން ގެންދިއުން އިތުރުވެފައިވާތީ ފެން ލިމިޓް ކުރީ ކަމަށެވެ.
އެގޮތުން ފެން ކުންފުނިން ބުނީ މިއަދު މާލޭގެ ފިހާރަތަކަށް ވިއްކަނީ ފަސް ލީޓަރުގެ ފަސް ކޭސް ފެން ކަމަށެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި ލިމިޓް އުވާލައި އާންމު ހާލަތުގައި ފެން ވިއްކާ އުސޫލުން ވިއްކަން ފެށޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
މިދުވަސްވަރު ހޫނު ގަދަކަމުން ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނުގެ ޑިމާންޑް ބޮޑުކަމަށް ފެން ވިއްކާ އެހެން ކުންފުނި ތަކުން ވެސް އަންނަނީ ބުނަމުންނެވެ.