Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓިއުޝަން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

ޓިއުޝަން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

ޓިއުޝަން ޓީޗަރަކު އޭނާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މާލެ އަތޮޅު ރަށެއްގައި ހިނގައިފައިވާ މި ހާދިސާގެ މައްސަލަ ހުށަހަޅައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި ގޯނާ ލިބިފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވާތީ، މިފަދަ މައްސަލަތައް ރިޕޯޓު ކުރުމުގައި ކުއްޖާގެ ވަނަވަރު އެއްވެސް ވަރަކަށް ހާމަ ނުވާނޭ ފަދައިން ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް