ރެސިޕީ

ދެން ރެސިޕީ | ޗިކަން ބާގާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

3 ބާގާ ބަން

3 ބޯންލެސް ޗިކަން (ބަނަހަށް އެޅޭ ވަރަށް ކޮށާފައި)

2 ބިސް

3 ފޮތި ޗީޒް

1/2 ޖޯޑު ފާރޮށި ކުނޑި

3 ފަތް ލެޓިއުސް

1 ޓޮމާޓޯ (ސްލައިސްކޮށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ މަޔޮނައިޒް

2 މޭޒުމަތީ ސަމްސާ ޗިލީ ސޯސް

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ، ބިސް ތައްޓަކަށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެހެން ތައްޓަކަށް ފާރޮށި ކުނޑި އަޅާފައި ބަހައްޓާށެވެ. ދެން ކުކުޅު ކޮޅު ބިހުގެ ތެރެއަށް އަޅައި ރަނގަޅަށް ކުކުޅުކޮޅުގައި އުނގުޅައިލާށެވެ. ދެން ނަގައި ފާރޮށި ކުނޑި އަޅައިފައި ހުރި ތައްޓަށް ކުކުޅުކޮޅު އެޅުމަށް ފަހު ވަށައިގެން ކުކުޅުގައި ފާރޮށި ކުނޑި ހާކާލާށެވެ. މިގޮތަށް 3 ކުކުޅުކޮޅު ވެސް ތައްޔާރުކޮށްލާށެވެ.

ދެން ތަވައަކަށް ތެޔޮ އެޅުމަށް ފަހު ހޫނު ވުމުން ކުކުޅުތައް އަޅައި ފިހެލާށެވެ. މަޑު ގިނީގައި ގާތްގަޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ.

މަޔޮނައިސް އަދި ޗިލީ ސޯސް އެއްކޮށްލާށެވެ. ބާގާ ބަން ނަގައި މެދުން 3 ބަން ވެސް ކަފާލާށެވެ. ބަންގެ ތިރިއަށް އޮންނަ ފަޅީގައި ކުރިން ތައްޔާރުކުރި ސޯސް ހާކާލާށެވެ. އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ކުކުޅު އެޅުމަށް ފަހު އޭގެ މައްޗަށް ޗީސް ސްލައިސް ބާއްވާލާށެވެ. އޭގެ މަގީގައި ލެޓިއުސް ފަތް އަދި 3 ސްލައިސް ޓޮމާޓޯ ބާއްވާލާށެވެ. ދެން ބަންގެ ބަތީބައި އޭގެ މަތީގައި ބާއްވައުލާށެވެ. މިގޮތަށް ތިން ބަން ވެސް ތައްޔާރުކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!