Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޔަމަނުގެ އަންހެނަކު އެއްލޯ ހުރި ކުއްޖަކު ވިހައިފި

ޔަމަނުގެ އަންހެނަކު އެއްލޯ ހުރި ކުއްޖަކު ވިހައިފި

ޔަމަނުގެ އަލްބައިދާ ޕްރޮވިންސްގެ އަންހެނަކު އެއްލޯ ހުރި ކުއްޖަކު ވިހައިފިއެވެ.

ކުއްޖާއަށް ފަރުވާދިން އަލް ހިލާލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ބުނެފައި ވަނީ ކުއްޖާއަށް ލިބިފައި ވަނީ އެއްލޯ ކަމަށާއި އަދި ލޮލުގެ ނާރު ވެސް އުފެދިފައި ވަނީ އެ ލޮލަށް އެކަނި ކަމަށެވެ. މި ދިޔަ މަހުގައި އުފަންވި މި ކުއްޖާ އުފަންވިއިރު ވެސް ޞިއްޙީ އެކި މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި އުފަންވިތާ ހަތްގަޑިއިރު ތެރޭގައި ކުއްޖާ ވަނީ ދުނިޔެދޫކޮށްފައެވެ.

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މިދިޔަ ފަސްސަތޭކަ އަހަރުގައި މުޅި ދުނިޔެއިން ރެކޯޑްކުރެވިފައި ވަނީ މިފަދަ ހަ ވޭދަނައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް