Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީންގެ މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އަޅުގަނޑުގެ ނަމެއް ނެތް: އާޒިމާ

ރައީސް ޔާމީންގެ މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އަޅުގަނޑުގެ ނަމެއް ނެތް: އާޒިމާ

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި، އެ ކުށަށް މަގުފަހިކޮށްދިން ކަމަށް ދައުލަތުން ބުނާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ނަން އެ މައްސަލައިގެ އެެއްވެސް ހިސާބެއްގައި އައިސްފައި ނުވާކަން ހައިކޯޓުގައި އޭނާ މިއަދު ފާހަގަ ކުރައްވައިފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ރައީސް ޔާމީނަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިންކަމުގެ ތުހުމަތެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވައިފައިވާ ކަމަށާއި ދޮގު މައުލޫމާތު ދިން ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. މި ތުހުމަތުތައް ދައުލަތުން ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގަށް ހަގީގަތާ ޚިލާފު މައުލޫމާތަކެއް އާޒިމާ ދެއްވައިފައިވާ ކަމަށް ބުނެއެވެ.

މަދަނީ މިންގަނޑުން މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމުމުން އާޒިމާގެ ފަރާތުން ހައި ކޯޓުގައި ވަނީ މި މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ، ދައުލަތުން ބުނާ ގޮތް މާނަކުރާ ނަމަ ރައީސް ޔާމީން އެ ކުށް ކުރަން މަގުފަހިކޮށްދިން މީހަކީ އޭނާ ކަމަށެވެ. އެހެންކަމުން އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވާއިރު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް