Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކައުންސިލުތަކުން އިސްނަގައިގެން ތަރިކަ ރައްކާތެރި ކުރުމަށް މިނިސްޓަރ ޔުމްނާ ގޮވައިލައްވައިފި

ކައުންސިލުތަކުން އިސްނަގައިގެން ތަރިކަ ރައްކާތެރި ކުރުމަށް މިނިސްޓަރ ޔުމްނާ ގޮވައިލައްވައިފި

ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ ކައުންސިލުތަކުން އިސްނަގައިގެން ކުރުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ގޮވައިލައްވައިފިއެވެ.

މިނިސްޓަރ ޔުމްނާ މި ފަދައިން ގޮވައިލެއްވީ ދުނިޔޭގެ ތަރިކައިގެ ދުވަހު ފޮނުއްވި މެސެޖުގައެވެ.

މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިއާރު "ތަރިކައާއި މޫސުން" ފާހަގަ ކުރައްވައި މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ސަގާފީ ތަރިކައާއި ތިމާވެށްޓަކީ ގުޅި ލާމެހިފައިވާ ދޭތި ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް ނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

"މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކިއެކި ރަށްރަށާއި އަތޮޅުތަކުގައިހުރި ހަވިއްތަތަކާއި މިސްކިތްތަކާއި އަދި އެހެނިހެން އާސާރީ ތަންތަން ވެސް ނެތިދާނެކަމުގެ ބިރު އެބައޮތް." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަގާފީ ތަރިކައިގެ ގާނޫނާއި އެ ގާނޫނާ ގުޅުވައި އާންމުކޮށްފައިވާ ގަވައިދުގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކާއި އާންމު ފަރުދުންގެ ޒިންމާ ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަން ވެސް މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް