Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
އިތުރު މީހަކު ނިޔާވެ، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 59 އަށް އަރައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކު، ރޭ ދަންވަރު 01:04 ގައި ނިޔާވެފައިވާ ކަމަށެވެ.   https://twitter.com/HPA_MV/status/1362982077637951494?s=20 މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،467 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،965 މީހުންނެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 159 މީހުންނެވެ.

މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ބަލި ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.  އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

   

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް