ޚަބަރު

އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ އާމްދަނީ 11.3 ޕަސެންޓް ދަށަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތުގެ އާމްދަނީ 11.5 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނެފި އެވެ.

Ads by Sosun Fihaara

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 4.35 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތައް އަޅާ ބަލާނަމަ 11.5 ޕަސެންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުނެއެވެ.

އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ރިސޯޓް ކުލީގެ އިތުރުން ރޯޔަލްޓީ އާއި ވިތުހޯލްޑިން ޓެކްސް އާއި ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމުގެ ފީ އަދި ރެސިޑެންސް ޕާމިޓްގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވި ނަމަވެސް ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ފީ އާއި އެއާޕޯޓު ސާވިސް ޗާޖު އިތުރުން އެއާޕޯޓު ޑިވްލޮޕްމެންޓް ފީ އަދި ބީޕީޓީގެ ގޮތުގައި ބަލައި ގަންނަ ފައިސާ ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސްގެ ގޮތުގައި ބަލައިގަނެފައި ވަނީ 3.65 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6.3 ޕަސެންޓް ދަށްވުމެކެވެ. އަދި ޓެކްސް ނޫން އެހެން ގޮތް ގޮތުން ލިބިފައިވަނީ 700 މިލިއަން ރުފިޔާ އެވެ. މިބައި ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 31.1 ޕަސެންޓް ދަށްވެފަ އެވެ.

އޭގެ އިތުރުން ގްރީން ޓެކުހުން މި އަހަރު 236 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ސާވިސް ޗާޖުގެ ގޮތުގައި 199.3 މިލިއަން ރުފިޔާ މިއަހަރު ވަނީ ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!