ޚަބަރު

ޔާމީން ރަޝީދު މަރައިލިކަމަށް ކުށް ސާބިތުވި ދެ މީހުންގެ މައްސަލަ އިސްތިއުނާފުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، އޭނާ މަރައިލިކަމުގެ ކުށް ސާބިތުވެފައިވާ ދެ މީހުންގެ މައްސަލަ، އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

Ads by STELCO

ޔާމީން ރަޝީދު މަރައިލައިފައި ވަނީ 2017ވަނަ އަހަރުއެވެ. އޭނާ މަރާލިކަމުގެ ތުހުމަތު އުފުލިފައި ވަނީ ހ. އަންނާރުމާގެ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކުށް ސާބިތުވި ދެ މީހުންގެ އިތުރުން ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ އިތުރު ހަތަރު މީހެއްގެ މައްޗަށް ވަނީ އުފުލައިފައެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!