ޚަބަރު

ޒަމްޒަމްއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ބެލެނިވެރިން ސުލްހަވެރި އިހުތިޖާޖަކަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަރަބިއްޔާ ސްކޫލުގެ މުދައްރިސް އައްޝައިޚް ޒަމްޒަމް ފާރިޝް އެ މަގާމުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިން އެކަމާ ސުލްހަވެރި އިހުތިޖާޖުކޮށްފިއެވެ.

Ads by STELCO

އިންޑިއާގެ މިލިޓަރީ ބޭރުކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް"ކެންޕެއިނަށް ހިތްވަރުދިން ކަމަށް ބުނެ ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑުކޮށްފައި ވަނީ މި މަހުގެ 21ވަނަ ދުވަހުގައެވެ.

އޭނާ ސަސްޕެންޑު ކޮށްފައިވާކަންް އަންގައި އެޑިޔުކޭޝަން މިނިސްޓްރީން ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ކެންޕެއިނަށް ހިތްވަރުދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިމެންދެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އެއްމަސް ތެރޭގައި ނިންމާނެކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވެފައި ވެއެވެ.

ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރުމާ ގުޅިގެން އެކަންް ކުށްވެރިކޮށް އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިން ސުލްހަވެރި އިހުތިޖާޖެއް ކޮށްފައި ވަނީ މިއަދު އެވެ. އެގޮތުން އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ހިންގާ އިމާރާތުގެ ކުރިމަތީގައި ބޯޑުތައް ހިފައިގެން ބެލެނިވެރިން ނުކުމެ، ބެލެނިވެރިން ވަނީ ޒަމްޒަމް ފާރިޝަށް އެޅި ފިޔަވަޅު ދޫކޮށްލުމަށާއި އަރަބި އިސްލާމީ ތައުލީމު ހިމާޔަތް ކުރުމަށް ގޮވައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!