Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފިޔޯރީ ޤުރުއާން މުބާރާތުގެ އެއްވަނައަށް މަރްޔަމް ޝާނާ!

ފިޔޯރީ ޤުރުއާން މުބާރާތުގެ އެއްވަނައަށް މަރްޔަމް ޝާނާ!

ގދ.ފިޔޯރީ ކައުންސިލާއި ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމްޢިއްޔާ ގުޅިގެން މި ރަމަޟާން މަހު ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނައަށް އެ ރަށު ނޫރާނީ ވިލާ މަރްޔަމް ޝާނާ ހާރިސް ހޮވިއްޖެއެވެ.

މި ރަމަޟާން މަހުގެ 22އިން 24އަށް ބޭއްވި މި މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމު ދިނުމުގެ ޙަފްލާ ބާއްވައިފައި ވަނީ އިއްޔެއެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ގދ.އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲއެވެ.

[caption id="attachment_150211" align="alignnone" width="1024"]<img class="wp-image-150211 size-large" src="https://cdn.dhen.mv/wp-content/uploads/2022/04/16F89F4F-26D0-4836-B012-3D28837A2AB9-1024x739.jpeg" alt="" width="1024" height="739" /> މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކާ އެކު އަތޮޅު ކައުންސިލްގެ ރައީސް އަދި ރަށު ކައުންސިލްގެ ރައީސް[/caption]

Advertisement
Ooredoo — Square (box)

މި މުބާރާތުގެ ދެވަނަ ހޯދީ ފިޔޯރީ ސޯސަންގެ، މަރްޔަމް ޖަނާން ނަޒީފެވެ. އަދި ތިންވަނައަށް ދެމީހަކު ހޮވިފައި ވެއެވެ. އެއީ ފިޔޯރީ ރިވެލި، ފާތިމަތު އިޝާ އިބްރާހީމްއާއި، ކުދީނާގޭ މަރްޔަމް ހައިފާ ފަތުހީއެވެ.

މި މުބާރާތުގެ އެއްވަނަ ހޯދި ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެ އިތުރުން އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ސެޓްފިކެޓް ދީފައިވެއެވެ.

<img class="alignnone wp-image-150210 size-large" src="https://cdn.dhen.mv/wp-content/uploads/2022/04/F465F516-64E7-47BE-9FE2-9EB3BAC90DAD-1024x667.jpeg" alt="" width="1024" height="667" />

މި މުބާރާތުގެ މަޤުޞަދަކީ ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް