Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަނޑިތީމުގައި ދޮޅު އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

ށ. ކަނޑިތީމުގައި ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ މޫދު ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅުނު ކުއްޖެކެވެ. މިކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނެއެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަން "ދެން"އަށް ވިދާޅުވީ، މިކަން ހިނގައިފައި ވަނީ މިރޭ އިރު އޮއްސި 6 ޖަހާ ކަންހައި އިރު ކަމަށާއި އިތުރު ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ވިދާޅުވީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށާއި ފުލުހުން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް