ޚަބަރު

ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަޙައްދުގެ 27 މިސްކިތެއްގައި ޢީދުނަމާދު ކުރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

1443ވަނަ އަހަރުގެ ފިޠުރުޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

1443ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 02 މޭ 2022 ވާ ހޯމަ ދުވަހެވެ.

މާލޭ ސަރަޙައްދުގައި، ފިޠުރު ޢީދު ނަމާދު ކުރުމަށް ޓަކައި، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އިސްލާމިކް މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅައިފައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ފިޠުރުޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ޓަކައި ތިން މައިދާނެއް ހަމަޖައްސައިފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ހުރިހައި މިސްކިތްތަކެއްގައި ވެސް ފިޠުރުޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

މިނިސްޓްރީން ވިދާޅުވީ، ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެ ކަމަށެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 3 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!