އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ފައްސިވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ފުލުސް މީހާ ފައްސިވިކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ފައްސިވުމާ އެކު، އޭނާ ހިމެނޭ ޝިފްޓްގެ ހުރިހާ ފުލުހުން ކަރަންޓީންކޮށްފައިވާ ކަމަށެވެ.
އެގޮތުން 8 ފުލުހަކު ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް މާލޭގައި މަސައްކަތް ކުރާ ހަ ފުލުހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.