Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޕޭންގެ މުސްލިމް ޖަމާޢަތުން އިމާމަށް ޢީދު ސަޕްރައިޒް ހަދިޔާއަކަށް ދިނީ ކާރެއް!

ސްޕޭންގެ މުސްލިމް ޖަމާޢަތުން އިމާމަށް ޢީދު ސަޕްރައިޒް ހަދިޔާއަކަށް ދިނީ ކާރެއް!

ސްޕޭންގެ ލެއާޑާ ސިޓީގައި ހުންނަ މަސްޖިދުއްރަޙުމާގެ ޖަމާޢަތުން އެ މިސްކިތުގެ އިމާމް އުސާމާއަށް ޢީދު ހަދިޔާއެއްގެ ސަޕްރައިޒެއްގެ ގޮތުގައި ކާރެއް ހަދިޔާކޮށްފިއެވެ.

ލެއާޑާގެ މުސްލިމުންގެ ޖަމާޢަތަށް އިމާމް އުސާމާ ކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރި މި ކާރަކީ އޯޑީ(އޭ6)ގެ ކާރެކެވެ.

ވޭތުވެދިޔަ ރަމަޟާންމަހުގައި މަސްޖިދުއްރަޙްމާގައި ތަރާވީޙް ނަމާދާއި ދަމުނަމާދު އިމާމުވެ ކުރެއްވީ ވެސް އިމާމް އުސާމާއެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_151158" align="alignnone" width="960"]<img class="wp-image-151158 size-full" src="https://cdn.dhen.mv/wp-content/uploads/2022/05/A5B0FDEE-8A9F-445A-BB85-97CF2B948EAF.jpeg" alt="" width="960" height="720" /> އިމާމް އުސާމާ:ރަޙުމާ ޖަމާޢަތުގެ ބައެއް އަހުލުވެރީންނާ އެކު[/caption]

މި އިނާމު ލިބިލެއްވުމުން އިމާމް އުސާމާ ވަނީ އެކަމާ ވަރަށް ބޮޑަށް އުފާވެ އެކަން ހިއްސާކޮށްފައެވެ. އޭނާ ބުނެފައި ވަނީ ﷲއަށް ހަމްދުކުރާ ކަމަށާއި މަސްޖިދުއްރަޙްމާގެ ޖަމާޢަތުން އޭނާއަށް އެ ދިނީ ވަރަށް އަގު ބޮޑު ހަދިޔާއެއް ކަމަށެވެ.

"ލިބިފައިވި އުފާވެރިކަން ބަޔާންކުރަން ބަސްތައް ފަޤީރު ، ދޫ ނުކުޅެދޭ، ރަޙުމާގެ ޖަމާޢަތަށް ﷲ ރަޙުމަތް ލައްވާށި، އެ ޖަމާޢަތަށް ފުރިހަމަ ޞިއްޙަތާއި ތަނަވަސްކަން ދެއްވާށި، އަދި އެއުރެންގެ ދަރީންނަކީ ހެޔޮލަފާ ބައެއްކަމުގައި ލައްވާށި!" އިމާމް އުޝާމާ ހިއްސާކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް