ޚަބަރު

ކުރާނެހައި ކަމެއްކޮށްފައި ވަގުތު އޮވެއްޖެ ނަމަ ކުރުމުގެ ބަދަލުގައި ކައްދޫ އެއަރޕޯޓަށް ހައްލެއް ހޯދަން ޖެހޭ: ސިރާޖު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު.. ފޮޓޯ/މަޖިލިސް

ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއަރޕޯޓަށް ހައްލެއް ހޯދަންޖެހޭ ކަމަށް ބުނެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެެ.

Ads by MWSC

ކައްދުއާ އިންވެގެން އޮންނަ ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސިރާޖު މިހެން ވިދާޅުވެފައި ވަނީ، މިރޭ ކައްދޫ އެއާޕޯޓަށް ޖައްސި ފްލައިޓެއް ރަންވޭ ކޮޅުން ބޭރުވެ ހިނގި ހާދިސާއާ ގުޅިގެންނެވެެ.

ފޭސްބުކްގައި "ދެން"ގެ ފޮޓޯއެއް ހިއްސާ ކުރައްވައި ކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ، އެއަޕޯޓް ތަރައްޤީކުރުމަކީ މުޅި ލާމު އަތޮޅުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ވަގުތުވެއްޖެނަމަ ކުރަން ދޫކޮށްލައިފައި ބެހެއްޓުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއަރޕޯޓަށް ހައްލެއް ހޯދަންޖެހޭ.
މުޅި ލާމު އަތޮޅުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ބޮޑެތި ކަންކަމަކީ ވަކި މީހަކު، އެމީހާ ކުރާނެހައި ކަމެއްކޮށް، ވަގުތެއް ވެއްޖެ ނަމަ ކުރަން ހުރި ކަންކަންގޮތުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއްނޫން." ސިރާޖު ވިދާޅުވިއެވެ.

ކައްދޫ އެއާޕޯޓް ހިންގަމުން އަންނަނީ އެމްއެންޑީއެފްއިންނެވެ. އެ އެއަރޕޯޓަކީ ރާއްޖޭގެ ޑޮމެސްޑިކަށް ޚާއްސަކޮށްގެން ބިނާ ކުރި ފުރަތަމަ އެއަރޕޯޓެވެ. އަދި އެ އެއަރޕޯޓް އިންޓަރނޭޝަނަލްކޮށް، ބޮޑު ކުރާނެ ކަމަށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވައުދުވެ ވަޑައިގެންފައެވެ.

  1. އައިސް

    ތި އިންޓަނޭސަނަލް ކުރެވޭނެބާާ