Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް އިންތި ޒިޔާރަތްކޮށްފި

މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް އިންތި ޒިޔާރަތްކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕެއިނަށް ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ކެމްޕެއިންގައި އިންތި އެންމެ ފަހު މަންޒިލަކަށް ވަޑައިގެންފައި ވަނީ ހދ. މަކުނުދުއަށެވެ. ކެމްޕޭން ދަތުރުތައް މިދިޔަ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހު އިންތި ފެއްޓެވީ ފުވައްމުލަކު ސިޓީންނެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގާ މި ނިމުނީ. އެމްޑީޕީ މެންބަރުން ނުހަނު އުފަލުން ކީ މަރުހަބާއާ އުންމީދުން ފުރިގެން ތިބެ ދެއްވިހާ ވަގުތާ މަސައްކަތް ހަގީގަތަކަށް ހެދުމަށް 14މެއިގައި ނުކުމެވަޑައިގެން ވޯޓުދެއްވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނަން." އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޗެއާޕާސަންގެ މަގާމަށް އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. ރައީސް ނަޝީދު އިންތިއަށް ތާއީދު ކުރައްވާއިރު، ރައީސް ޞާލިޙް ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. އެއާ އެކު، އިންތިހާބުގެ ފޯރިގަދަވެ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް