ޚަބަރު

2023ގައި ވާދަ ކުރާނީ ރައީސް ޔާމީނާއި ރައީސް ޞާލިޙް: ޑރ. އަނާރާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު 2023ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ބޭފުޅުން އެނގިގެން ގޮސްފިކަމަށެވެ.

"ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކަށް ފަހު، މިއަދު އަލި މި ވިލުނީ 2023ގައި ވާދަކުރައްވާނެ ބޭފުޅުން ވެސް ސާފުކޮށް އެނގިގެންދާ ފަދަ ފަތިހަކަށް. ކުރިއަަށްއޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެކަމަށް ބެލެވެނީ ރައީސް ޔާމީންއާއި ރައީސް ސޯލިޙު." މިއަދު ކުރެއްވި ޓްވީޓެއްގައި އަނާރާ ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިޚާބުކޮށްފައި ވަނީ، ރައީސް ޞާލިޙް ތާއީދު ކުރެއްވި ފައްޔާޒް އިސްމާއީލެވެ. މި އިންތިޚާބު ފައްޔާޒް ކާމިޔާބު ކުރައްވައިފައި ވަނީ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!