މުނިފޫހިފިލުވުން

ބިރުވެރި މަންޒަރުތަކަކާ އެކު އިއްލެ މި ފަހަރު ދައްކައިދޭނީ ބިރުވެރި ވާހަކަތަކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބުނު ދިވެހި ފިލްމު "ބަވަތި"ގެ ހުނަރުވެރި ޑައިރެކްޓަރު އިލްްޔާސް ވަހީދު (އިއްލެ) އަލަށް އުފައްދާ ސީރީޒެއް ކަމަށްވާ "ބިރުވެރި ވާހަކަ" ސީރީޒްގެ ޓީޒަރ މިއަދު ނެރެފިއެވެ.

Ads by Sosun Fihaara

އައިފިލްމްސްގެ އުފެއްދުމެއް ކަމަށްވާ "ބިރުވެރި ވާހަކަ" ސީރީޒް މިއަދު ނެރެފައިވާއިރު، އެ ސީރީޒްގެ ބައެއް އެޕިސޯޑްތަކުގެ އެކި މަންޒަރުތައް ވެސް އޭގައި ހިމަނައިފައި ވެއެވެ. އަދި އޭގެ ކޮންމެ މަންޒަރަކުން ވެސް ބިރުވެރިކަމާއި ނާމާންކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރާ އާދަމް، ޔަމް، މުހައްމަދު ވިޝާލް، ޝަރަފް ޢަބްދުﷲ، ނުހުޒަތު ޝުއައިބް އަދި ރިޝްމީ ރަމީޒުގެ އިތުރުން ރަވީ، ޝާއިފް، ނަތާ، އިފްނާޒް އަދި އައްޒަ ވެސް ފެނިގެންދާނެ މި ސީރީޒަށް މިހާރު ވެސް ދަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "ބިރުވެރި ވާހަކަ" ސްޓްރީމް ކުރުމަށް ހަމަޖެހިފައި ވަނީ ދިރާގު ޓީވީންނެވެ.

"ބިރުވެރި ވާހަކަ" ގެ ޓީޒަރ މިއަދު ރިލީޒް ކޮށްފައިވާއިރު، މިމަހުގެ 6ވަނަ ދުވަހު އެ ސީރިޒްގެ ޕްރޮމޯޝަނަލް ލަވަ ކަމުގައިވާ "ޝައިތޯނާ" ވެސް ވަނީ ރިލީޒް ކޮށްފައެވެ. އެ ލަވަ ވެސް ވެގެން ދިޔައީ ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބިގެންދިޔަ ލަވައަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!