ދުނިޔެ

މަންކީޕޮކްސް ފެނުނު ގައުމުތަކުގެ އަދަދު 11އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔޭގެ 11 ޤައުމަކުން ގާތްގަނޑަކަށް 80 ވަރަކަށް މީހުން މަންކީޕޮކްސްއަށް ފައްސިވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

Ads by Sosun Fihaara

ޑަބްލިއުއެޗްއޯއިން ބުނީ އެ ވޭދަނަތަކުގެ އިތުރުން ޝައްކު ކުރެވޭ އިތުރު 50 މީހެއްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަންކީޕޮކްސް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އިޓަލީ، ސްވިޑެން، ސްޕެއިން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތު ހިމެނެއެވެ.

މަންކީޕޮކްސްއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މި ވައިރަހަކީ މީހުންގެ މެދުގައި އެހައި ފަސޭހައިން ފެތުރޭ ވައިރަހެއް ނޫން ކަމަށް ޔޫކޭގެ ނޭޝަނަލް ހެލްތު ސާވިސްއިން ބުނެފައިވެއެވެ.

މި ބައްޔަށް އެންމެ ފުރަތަމަ މީހަކު ފައްސިވެފައި ވަނީ މެއި މަހުގެ 7ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. އެ ޤައުމުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ބުނީ އެ މީހާއަކީ ދާދި ފަހުން ނައިޖީރިއާއަށް ދަތުރުކުރި މީހެއް ކަމަށެވެ.

މޮންކީޕޮކްސްއަކީ އާންމު ގޮތެއްގައި އާދައިގެ ވައިރަލް ބައްޔެކެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމުގެ އަލާމާތްތަކުގެ އިތުރުން ގައިގެ އެކި ތަންތަން ކަހައި ހިރުވުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!