ޚަބަރު

ޓެކްސީ އަގު ބޮޑުވެގެން ހުށަހެޅީ 57 މައްސަލަ: ނަހުލާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސަރަހައްދުގެ ދަތުރުތަކުގައި ކަނޑައެޅިފައިވާ ވަރަށް ވުރެ ބޮޑު އަގުގައި ޓެކްސީ ކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމަށް އޮންނަ އުސޫލުގެ ތެރެއިން މިހައިތަނަށް ހުށަހަޅައިފައި ވަނީ އެންމެ 57 މައްސަލަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަހުލާ މިހެން ވިދާޅުވީ، އަގު ބޮޑުކޮށް ޓެކްސީ ކުރުމާ ޓެކްސީ ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވާތީ، އެކަމަށް ޙައްލު ހޯދުމަށް މިނިސްޓްރީން ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"މިހައިތަނަށް 57 މައްސަލައެއް ދިރާސާކޮށް، 15 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ފޮނުވައިފައި. މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުުން، ޤަވާއިދާ ޚިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި، ލިބިފައިވާ ޝަކުވާގެ މައްޗަށް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ އަންގައިފައި" ސިޓީ މެދުވެރިކޮށް މިއަދު މަޖިލީހަށް ދެއްވި ޖަވާބުގައި ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ޓެކްސީ އަގު ބޮޑުކޮށް ކުރާ ޝަކުވާތައް ލިބޭތީ، އެފަދަ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވައިލައިފައިވާ ކަމަށެވެ. އަދި ފަސޭހައިން ރިޕޯޓް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ކައިރި ސަރަހައްދުތަކަށް ދަތުރު ނުލިބޭ މައްސަލަ ހައްލު ކުރުމަށް ވެސް އޮންލައިން އެޕަކާ އެކީ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"ފަސިންޖަރުންދާ ބޭނުންވާ ޑެސްޓިނޭޝަން ދަތުރު ނެގުމުގެ ކުރިން ޓެކްސީ ޑްރައިވަރަށް އެޕްލިކޭޝަން މެދުވެރިކޮށް ނޭނގޭނެ ގޮތަކަށް އެޕްލިކޭޝަން" ނަހުލާ ވިދާޅުވިއެވެ.

ޕެޓްރޯލްގެ އަގު ބޮޑުވުމާ އެކު، ޓެކްސީ ދުއްވާ ފަރާތްތައް އަމިއްލައަށް ވަނީ ޓެކްސީގެ އަގުބޮޑުކޮށްފައެވެ. މިހާރު ވެސް ގިނަ ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރަމުން އަންނަނީ ބޮޑު އަގުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!