Wednesday, 11 November 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

އިއްލެގެ "ބިރުވެރި ވާހަކަ" : މިތަނަށް ތިއައީ އަނބުރާ ދެވޭނެކަމަށްތަ؟

އިއްލެގެ "ބިރުވެރި ވާހަކަ" : މިތަނަށް ތިއައީ އަނބުރާ ދެވޭނެކަމަށްތަ؟

ދިވެހި ފިލްމު އިންޑަސްޓްރީގައި އުފައްދާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ވައްތުގެ ފިލްމަކީ ބިރުވެރި ވާހަކަތަކަށް އުފައްދާ ފިލްމުތަކެވެ. ބިރުވެރި ވާހަކަތައް އަޑުއެހުމަށް އޮންނަ ޝައުޤާއި އެފަދަ ފިލްމުތައް ބެލުމަށް އޮންނަ ދެވި ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި އޮވެއެވެ

މި ސަބަބަށް ޓަކައި ބިރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އަންނަނީ ބިރުވެރި ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް އާންމުންނަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ދިރާގު ޓީވީއާއި އައިފިލްމްސް ގުޅިގެން އުފައްދާ "ބިރުވެރި ވާހަކަ" ސީރީޒްގެ އައު ޓްރެއިލާއަކާ އެކު، އެ ސީރީޒް ދައްކަން ހަމަޖެހިފައިވާ ދުވަސް އިލްޔާސް ވަނީ ހާމަކޮށްފައެވެ.

Advertisement
Ooredoo — Square (box)

ބިރުވެރި ވާހަކައިގެ ޓީޒަރ މިމަހުގެ 15ގައި ނެރުމަށް ފަހު، ރޭ ނެރުނު އެ ސީރީޒްގެ ޓްރެއިލާގައި ވެސް ވަނީ އޭގެ އެކި އެޕިސޯޑުތަކުގެ ބިރުވެރި މަންޒަރުތަކެއް ދައްކުވައިދީފައެވެ. އެގޮތުން ސީރީޒްގެ އެކި އެޕިސޯޑުތަކާ ބެހޭ ގޮތުން ކުރު ތައާރަފެއް ވެސް ޓްރެއިލާގައި ހިމަނައިފައިވެއެވެ. ކޮންމެ މަންޒަރަކުން ވެސް ބިރުވެރިކަމާއި ނާމާންކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރާ އާދަމް، ޔަމް، މުހައްމަދު ވިޝާލް، ޝަރަފް ޢަބްދުﷲ، ނުހުޒަތު ޝުއައިބް އަދި ރިޝްމީ ރަމީޒުގެ އިތުރުން ރަވީ، ޝާއިފް، ނަތާ، އިފްނާޒް އަދި އައްޒަ ވެސް ފެނިގެންދާނެ މި ސީރީޒް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގައެވެ.

ހޫނު ތަރުހީބެއް މިހާރު ވެސް ލިބެމުންދާ "ބިރުވެރި ވާހަކަ" ދެއްކުމަށް ހަމަޖެހިފައި ވަނީ ދިރާގު ޕްލޭ އިންނެވެ.

https://youtu.be/KuAeqkSpnpg

ޓީޒަރއާއި ޓްރެއިލާގެ އިތުރުން މިމަހުގެ 6 ވަނަ ދުވަހު އައިފިލްމްސްއިން ވަނީ ބިރުވެރި ވާހަކައިގެ ޕްރޮމޯޝަނަލް ލަވަ ކަމުގައިވާ "ޝައިޠޯނާ" ވެސް ރިލީޒް ކޮށްފައެވެ. އެލަވަ ވެސް ވެގެން ދިޔައީ ގިނަ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އަދި އެހާމެ ތަފާތު ލަވައަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.