ޚަބަރު

ބައިވެރިވި ހުރިހައި އިވެންޓަކުން ރެކޯޑް މުގުރައިލައި އެންމެ ކާމިޔާބު އެތުލީޓަކަށް ނާހިލް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރު ކުރިއަށްދާ 23ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރު, ބައިވެރިވި ހުރިހައި އިވެންޓެއްގެ ރެކޯޑު މުގުރައިލައި މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓުގެ މަގާމު ހޯދައިފިއެވެ.

Ads by MWSC

މި މުބާރާތުގައި ނާހިލް ބައިވެރިވީ 17 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުގައެވެ. މުބާރާތުގައި ނާއިލް މުގުރައިލައިފައި ވަނީ 100 މީޓަރު ދުވުމުގެ ރިކޯޑާއި, 200 މީޓަރުގެ ދުވުމުގެ ރިކޯޑާއި, ލޯންގް ޖަމްޕްގެ އިތުރުން 200*4 ރިލޭގެ ރިކޯޑެވެ.

މުބާރާތުގައި ނާހިލް އެންމެ ފުރަތަމަ މުގުރައިލައިފައި ވަނީ 100 މީޓަރު ދުވުމުގެ މީޓް ރިކޯޑެވެ. މި ރިކޯޑް އޭނާ މުގުރައިލައިފައި ވަނީ 11.2 ސިކުންތުންނެވެ. މީގެ ކުރިން ވެސް މި ރިކޯޑު މުގުރައިލައިފައި ވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރެކެވެ. އެއީ 11.7 ސިކުންތުންނެވެ.

ނާހިލް ދެވަނައަށް މުގުރައިލައިފައި ވަނީ 200 މީޓަރު ދުވުމުގެ ރިކޯޑެވެ. އެ ރިކޯޑު މީގެ ކުރިން ހަދައިފައި ވަނީ 23.8 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް މި ދުވުމުގެ ރިކޯޑު މުގުރައިލައިފައި ވަނީ 23.2 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑް ވެސް މީގެ ކުރިން އޮންނާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރެއްގެ އަތުގައެވެ.

މީގެ އިތުރުން 17 އަހަރުން ދަށުގެ 200*4 ރިލޭގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުން ވެސް ނާހިލް ވަނީ ރިކޯޑު މުގުރައިލައިފައެވެ. ލޯންގް ޖަމްޕުން ނާއިލް ރިކޯޑު މުގުރައިލައިފައި ވަނީ 6.43 މީޓަރު ދުރަށް ފުންމައިގެންނެވެ.

ނާއިލްގެ ކޯޗް، ރައުހަތު ގުދްރަތުﷲ "ދެން"އަށް މަޢުލޫމާތު ދެމުން މިއަދު ވިދާޅުވީ މިހައިތަނަށް ޓީމުގެ ބައިވެރިންގެ ނަތީޖާ ވަރަށް ބޮޑު ތަނުން ރަނގަޅު ކަމަށެވެ. އަދި ޓާގެޓަކީ ކުރިޔަށް އޮތް އެޓޯލް ޖޫނިއަރ އެތްލެޓިކްސް މުބާރާތުގައި ގިނަ ރިކޯޑުތަކެއް ހެދުން ކަމަށް ވިދާޅުވިއެވެ.

"މުބާރާތުގެ ލޯޑަށް ބަލާއިރު ނަތީޖާ ވަރަށް ބޮޑުތަނުން ރަނގަޅު. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިޔަށް އޮތް އެޓޯލް ޖޫނިއަރ އެތްލެޓިކްސް މުބާރާތުގައި ތަފާތު ބޮޑު ރިކޯޑުތަކެއް ހެދުން" ރައުހަތު ވިދާޅުވިއެވެ.

މިއަހަރުގެ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތުގައި ރިކޯޑު އަދަދަކަށް އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މިއީ މިހައިތަނަށް އެންމެ ގިނަ އެތުލީޓުން ބައިވެރިވި މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 47 ސްކޫލަކުން 1,839 އެތުލީޓުން ވާދަކުރެއެވެ. މި މުބާރާތް ފަށައިފައި ވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!