ޚަބަރު

4 ރަށެއްގައި ހަސްފަތާލް އަޅަން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ހަތަރު އަތޮޅެއްގެ ހަތަރު ރަށެއްގައި ހަސްފަތާލް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. ޓީސީއައިއެލްގެ ފަރާތުން ސޮއި ކުރެއްވީ އަތުލް ކުމާރު ޖެއިން އެގްޒެކެޓިވް ޑިރެކްޓަރ (ސިވިލް)އެވެ.

މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި އެވެ. ޓީސީއައިއެލް އާއި މި މަޝްރޫއުުތައް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ.

މި އެއްބަސްވުމުގެ ދަށުން ދިއްދޫ، ވިލިނގިލި އަދި ކުޑަހުވަދޫގައިގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހަމަޖައްސައިފައިވާ އިރު، އަލިފުށީގައި އެޅުމަށް ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލަކެވެ.

Ads by Ooredoo
  1. ތި ހެލްތްް މިނިސްޓަރުތައް. ބޮޑާބެ