ޚަބަރު

ފަނޑިޔާރުން ތިބީ ނަޝީދުގެ ނުފޫޒުގެ ދަށުގައި: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

ފަނޑިޔާރުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ނުފޫޒުގެ ދަށުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޯޓުތައް މިނިވަން ކުރުމުގައި މިވީ އެއް އަހަރުތެރޭ ސަރުކާރަށް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލު ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތް އެނގިވަޑައިނުގަަންނަވާ ކަމަށާއި ޖޭއެސްސީގައި ތިއްބެވީ ރައީސް ނަޝީދާއި އެމްޑީޕީގެ ވަކީލުންގެ ޓީމު ކަމަށާއި އަދި ޖުޑިޝަރީ ކޮމިޓީގައި ވެސް ތިއްބެވީ އެމްޑީޕީގެ ވަކީލުން ކަމަށެވެ.

"ފަނޑިޔާރުން އެމްޑީޕީގެ ރައީސާއި ވަކީލުންގެ ނުފޫޒުގެ ދަށުގައި. ކުރިން މިނިވަން ނޫނީ ކޮން ކަމެއްތޯ" ޖަމީލު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!