ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިޔަން ޑޮލަރުގެ އެހީއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު (154.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މި އެހީ ދިނުމަށް ނިންމައިފައި ވަނީ, ރާއްޖޭގެ އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށާއި ހިދުމަތް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކުރުމާއި މޫސުމީ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރުމަށް އެހީވުމަށެވެ.

މި އެހީ ރާއްޖެއަށް ދިނުމަށް އެ ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީގެ އިތުރުން އަލަށް ފަށާ "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗަރއާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް ކަމާ ބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން މިފަދަ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފައިވާއިރު ވަޒީފާ ގެއްލުމުން އިންޝުއަރެންސް ދޭން އެ ބޭންކުން ރާއްޖެއަށް 24 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ވެސް ދާދި ފަހުން ވަނީ ނިންމައިފައެވެ.

Ads by Ooredoo
  1. ޢިޤުތިސޯދު ރަނގަޅުވާނީ ރިބާ ކެއުމާއި ރިބާ ލޯނު ނެގުން ހުއްޓާލައިގެން، އަންނަ އަހަރުގެ ބަޖެޓުވެސް ރިބާ ނުހިމެނޭ ގޮތަށް ރިބާ ފުރީ ބަޖެޓެއް ހަދަންވީ، ރިބާގެ ގޮތުގައި ދޭންޖެހޭ ދަރަނި މިހާރުވެސް ބޮޑީ ! ރިބާ ގެ މުޢާމަލާ އެއްކޮށް ހުއްޓާލަން ޖެހޭ ޢިޤުތިސޯދު ރަގަޅުކުރަން !