ދަރަނި ނަގަމުން ގޮސް ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފި: އަލީ ހުސެއިން

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ދަރަނީ ވަނީ 100 ބިލިއަން ރުފިޔާއާ ގާތްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގައިފައިވާ ދަރަނީގެ އަދަދު ޖުމުލަ 98.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރު ނިމުނު އިރު، ދަރަނި ހުރި އަދަދާ އަޅައި ބަލާއިރު، 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގެ ދަރަނީގެ 47 ބިލިއަން ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ނަގައިފައިވާ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ އަދަދީ 53 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ސީދާ ސަރުކާރުން ނަގައިފައިވާ ދަރަނީގެ އަދަދަކީ 84.8 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގައިފައިވާ ދަރަނީގެ އަދަދަކީ 14.1 ބިލިއަން ރުފިޔާއެވެ.




.webp)

ކޮމެންޓް