ޚަބަރު

ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ މާލެއަތޮޅު ކައުންސިލުން ކުށްވެރިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެއަތޮޅު ކައުންސިލްގެ ބައެއް މެންބަރުން

އިންޑިއާގެ ވެރިކަން ކުރާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ތަރުޖަމާނަކާއި، އެޕާރޓީގެ ލީޑަރަކު، މާތް ނަބިއްޔާ މުޙައްމަދު އަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ ޖަރީމާއާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ނުބަލާން ބޭރުކުރުން މާލެއަތޮޅު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. 

Ads by STELCO

މި ދެކަންތައް ކުށްވެރިކޮށް މާލެއަތޮޅު ކައުންސިލުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިޔާގެ ވެރިކަންކުރާ ބީ.ޖޭ.ޕީގެ ހައްދުފަހަނައަޅައިފައިވާ ޤައުމީ ސްޕޯކްސްޕާރސަން ނުފޫރު ޝަރުމާއާއި ވެރިރަށް ނިއުދިއްލީގެ ބީ.ޖޭ.ޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންލާދް، ކީރިތި ރަސޫލާ މުޙައްމަދު އަށް އިހާނެތި ބަސްތައް ރައްދުކޮށް އެ މާތް ސާހިބާއަށް ފުރައްސާރަކުރިކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަމަ މަސްދަރަކީ އިސްލާމްދީންކަމުގައިވީ ހިނދު، މިމައްސަލަ ކުއްލި މައްސަލައެއްގެގޮތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަޖިލީސް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މިމައްސަލަ އެމަޖިލީހުން ބޭރުކޮށްލުމަކީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރަމުންދާއިރު ވެސް އެކަމަށް ފަރުވާލެއް ނެތި އެ ފަދަ ފަރާތްތަކަށް އިސްކަންދީ އެ ފަރާތްތަކުގެ ހިމާޔަތުގައި ތިބުންކަމާއި، ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާ ކަމުގައިވާ މި ލޮބުވެތި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔަވީ މަޤްޞަދަކަށް ޓަކައި ކަތިލުންކަމުގައިވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މިދަށު ދަރަޖައިގެ އަމަލާ މެދު އެ ކައުންސިލުން ނުހަނު ކަންބޮޑުވެ ލަދުވެތިވާކަން ފާހަގަކުރައްވައިފައި ވެއެވެ.

"އިސްލާމްދީން ފިޔަވައި އެހެން ހުރިހައި ދީންތަކަކީ ބާޠިލް ދީންތަކެއްކަމުގައްޔާއި، މިއުންމަތުގެ ރަޙްމަތަކީ މާތްނަބިއްޔާ މުޙައްމަދު ކަން ވިސްނުމުގެ ހެޔޮ ތަޢުފީޤް، ރައްޔިތުންގެ މަޖީލީހަށް ހުށަހެޅުނު އެމައްސަލަ ބޭރުކޮށްލުމަށް ވޯޓްދެއްވި އެންމެހައި ފަރާތްތަކަށް ދެއްވުން އެދި ދުޢާކުރަމެވެ. އަދި މާތް ނަބިއްޔާ އިސްލާމީ އުންމަތަށް ގެންނެވި ޝަރީޢަތަކީ އެންމެފަހުގެ ރިސާލަތުކަމާއި، އެއްވެސް އުނި އިތުރުކަމެއް ނައިސް މިޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމިއޮންނާނެކަން ޔަޤީންކުރެއްވުމަށް އެމައްސަލަ ބޭރުކުރުމަށް ވޯޓްދެއްވި މެންބަރުންނަށް ހަނދުމަފުޅުކޮށް އަރުވާ ނަސޭޙަތްތެރިވަމެވެ. އަދި ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވައިފައިވާ ސަފީރު، މާތްނަބިއްޔާ މުޙައްމަދު އަށް ފުރައްސާރަކުރި މިމައްސަލައިގައި ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް ޚާޟިރުނުކޮށް ލަސްވާ ލަސްވުމަކީ މިކައުންސިލާއި މިއަތޮޅުގެ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އިންޑިއާ ސަފީރު ޙާޟިރުކޮށް މިކަމުގައި ދިވެހި ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ކިބައިން މަޢާފަށް އެދުމަށް ދެންނެވުމަށް ދިވެހި ޚާރިޖީވުޒާރާއަށް ގޮވައިލަމެވެ." މާލެއަތޮޅު ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ހަމައެހެންމެ މިއުނދަގޫ ދަނޑިވަޅުގައި، މާލެއަތޮޅު އަތޮޅު ކައުންސިލް މި އޮތީ އިސްލާމީ އުންމަތާ އެކު ކީރިތި ރަސޫލާ މުޙައްމަދު ގެ ދިފާޢުގައި، އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި މީހަކާއި އެކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާ ގެ ޙައްޤުގައި ތެދުވަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ބީޖޭޕީގެ އިސް ދެ އޮފިޝަލުން ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލަ ، ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނީ ކުށްވެރިކުރަމުންނެވެ.

Ads by Ooredoo
  1. އަލް އަޒުހަރު ޔުނިވާސިޓީ އާއި އޯއައިސީ އާއި އަދާލަތު ޕާޓީ އާއާއި އިސްލާމީ ޤައުމުތަކުގެ ޕާލިމެޓް ތަކުންވެސް ވަނީ ހިންދޫންގެ އެއަމަލު ކުއްވެރި ކޮށްފައި ! ރާއްޖޭގެ ހުރިހާ ރަށު ކައުންސެލް އަތޮޅު ކައުންސެލް ރަށު ކައުންސެލް ސިޓީ ކައުންސެލްތަކުން ވެސް އެކަން ކުއްވެރިކޮށް އިންކާރުގެ ބަޔާން ނެރެންޖެހޭ !