ކުރިއަށް އޮތް ޖުލައި މަހަކީ ބޮޑު ޗުއްޓީކަމަށްވެފައި ގިނަ ކުދިންތަކެއް ހިތާނު ކުރުމަށް މައިންބަފައިން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ. ގިނަ ބަޔަކު ޚާއްސަކޮށް ރަށްފުށުގައި މިކަންކަން ކުރިއަށް ގެންދަނީ ވަރަށް ކުލަގަދަކޮށެވެ.
މި ދުވަސްވަރަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ޚާއްސަކޮށްގެން އޮންލައިން ވިޔަފާރި ޕޭޖެއް ކަމަށްވާ saaa collectionއިން ވަނީ ހިތާނީ އުފާ ނަމުގައި ޚާއްސަ ސޭލެއް ފަށައިފައެވެ.

ސއއއ ކަލެކްޝަނުން މައުލޫމާތު ދެމުން އެ ވިޔަފާރި ހިންގާ ފަރާތުން ބުނީ “ހިތާނީ އުފާ”ގެ ބޭނުމަކީ ހެޔޮ އަގުގައި ހިތާނީ ސާމާނު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޒީނަތްތެރިކުރާ ސާމާނުގެ 2 ޕެކޭޖެއް ވިއްކަމުންދާ ކަމަށާއި، އޭގެ އިތުރުން ބޮކިފަތި، ޑިސްކޯ ލައިޓް އަދިވެސް އިތުރު ލައިޓްތައް ވިއްކަމުން ދާކަމަށެވެ.

މީގެ އިތުރުން ކުލަވެސް ވިއްކަމުން ދާކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. އަދި ގިނަ ބަޔަކު ދަނީ ޕެކޭޖްތައް ގަންނަމުން ކަމަށާއި، ހިތާނީ އުފާގައި ވިއްކުމަށް ހަމަޖެހިފައި ވަނީ 50 ޕެކޭޖްކަމަށް ވެސް މައުލޫމާތުދިނެވެ.

ސއއއ ކަލެކްޝަނަކީ ދިވެހިންގެ އިތުބާރު ހޯދަމުންދާ އޮންލައިން ޕޭޖެކެވެ. ކުޑަކުދިނަށް ބޭނުންވާ ސާމާނު އަދި ކަނަބަލުންނަށް ޚާއްސަ ސާމާނާއި މި ނޫން ވެސް ގިނަ ސާމާނު މި ޕޭޖުން ގަންނަން ލިބެއެވެ. ރޯދަ މަހާ ދިމާކޮށް “ރޯދަ ސޭލް”ގެ ނަމުގައި ވެސް މި ޕޭޖުން ވަނީ ސޭލްއެއް ބާއްވައިފައެވެ.
ހާސްވާކައްނުޖެހޭނެ މެޑަމު ފާތުންގެ ޙިތާނީ ފެސްޓިވަލު އޮންނާނެ ނަމަވެސް ވިދުވަސް ކޮޅު ފާތުން މެޑަމް އުޅުއްވަނީ ކެވުނުލެއް ގިނަކަމުން ކުޑަކޮއް ބަލިވެ