Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މެދުކެނޑުމަކަށް ފަހު ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދޭން ފަށައިފި

މެދުކެނޑުމަކަށް ފަހު ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދޭން ފަށައިފި

ވިލިމާލޭ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައިގައި އެ ހިދުމަތް ހުއްޓާލައިފައި އޮތުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

އަދި މިހާރު އެ ފަދަ މައްސަލައެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅައިފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ވިލިމާލެ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް ފެންމަތިވީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އޭގެ ފަހުން ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދިނުން އޮތީ ވަގުތީ ގޮތުން މެދުކަނޑައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް