ޚަބަރު

ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބިދޭސީން ގަވާއިދަށް ފެތެން މިހާރު ދެކޮޅު ހަދާ: މިނިސްޓަރ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަންގު

ފާއިތުވީ ތިން އަހަރު ރާއްޖެއަށް ބަނގްލަދޭޝްއިން މަސައްކަތްތެރިން ގެނައުން ހުއްޓައިލައިފައިވުމުން، އެމީހުންނަށް އޮތް ޑިމާންޑު އިތުރަށް ބޮޑުވެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން ދެކޮޅު ހަދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން މިހާރު ހުރި ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.

އެގޮތުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބަނގުލަދޭޝްއިން މިދިޔަ ތިން އަހަރު ރާއްޖެއަށް މީހުން މަސައްކަތްތެރިން އެތެރެ ނުވާ ކަމަށެވެ. ނަމަވެސް، ބަނގުލަދޭޝްގެ ޑިމާންޑް ވަރަށް ބޮޑު ކަމަށާއި އެހެންކަމުން އަންޑޮކިއުމެންޓްވެފައި ތިބި ބައެއް މީހުން ޑޮކިއުމެންޓްވާކަށް ބޭނުން ނުވަނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެމީހުން މުސާރައަކަށް ދާކަށް ބޭނުމެއް ނުވޭ. އެ މީހުންނަށް އަވަރލީ ވޭޖަސް ބޮޑުއަގުގައި ދިވެހިން އެބަދޭ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އެ މައްސަލަ ހައްލުކުރަން އަދި އެއްވެސް ފިޔަވަޅެއް އެޅިފައި ނުވަނީ އެމީހުން ހައްޔަރު ކޮށްގެން ވިޔަސް ގެންގޮސް ބަހައްޓާނެ ކެޕޭސިޓީ ބޮޑު ޑިޓެންޝަން ފެސިލިޓީއެއް ވެސް ނެތުމުން ކަމަށެވެ.

Ads by HDC
  1. ހިލަބެ

    ކޮށްމެހޮތެއްވިއަސް މިމީހުންވެސްއުޅެންޖެހޭނީ ހަވާއިދާއިއެއްގޮތައް ސަރުކާރަށްދައްކަންޖެހޭ ޓެކްސްދައްކައިގެން ދުއްވާއެއްޗެހީގެ ލައިޓްވެސް ހުއްނަންޖެހޭނެ އަދި ވަންވޭފަޅައިދުއްވިއަދީގެންނުވާނެ އެކަންކަންކުރާމީހިނަށް ގާނޫނުގައި ކަނޑައެޅިފައިވާއަދަބުނުދީ އެއްވެސްކަމެއްހައްލެއްނުކުރެވޭނެ.

  2. ކާއި

    އަޖައިބު ހީވޭ އެމީހުންގެ ޤަވްމު ކުޑައީތަ؟
    ދުނިޔޭގެ ކޮން ޤަވްމެއްގަތޯ ތިގޮތައް ޤަވާޢިދާއި ޚިލާފަށް ގަދަފައި ވިއްދައިގެން ތިބެވެނީ…….ސަހަރޯ….

  3. ހައްލު

    ޖަލުތަކުގަ ތިބި އެންމެން މުޖުތަމައަށް ނެރެންވީ ކޮންޓްރެކްޓް ހަދާފަ މސައްކތް ކުރަން. ގަވާއިދަށް ނުފެތޭ ބިދޭސީން ޖަލަށްލާފަ ޑީޕޯޓް ކޮށްލަންވީ