އިންޑިއަން ކަލްޗަރަލް ސެންޓަރުން ސަލްޓަން ޕާކްގައި ޔޯގާ ސެޝަނެއް

އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ)އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޭޖްޑް ކެއާ މޯލްޑިވްސްއާ ގުޅިގެން ސަލްޓަން ޕާކްގައި ޔޯގާ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ހެނދުނު ބޭއްވި އެ ޔޯގާ ސެޝަންގައި ޖުމްލަ 70 މީހުން ވަނީ ބައިވެރިވެފައެވެ.
ގިނަ ބަޔަކު ބައިވެރިވި މި ޔޯގާ ސެޝަންގެ މަގްސަދަކީ އެކިއެކި އުމުރުފުރައިގެ މީހުން ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް ބާރު އެޅުން ކަމަށް އައިސީސީން މައުލޫމާތުދެއެވެ.

މި ޔޯގާ ސެޝަނަކީ ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން ބާއްވާ ކުދި ސެޝަންތަކެކެވެ. ޔޯގާ ދުވަހާ ގުޅިގެން ބާއްވާ ބޮޑު އިވެންޓް އޮންނާނީ ޖޫން 21ވަނަ ދުވަހު ރަސްފަންނު އަދި އާޓިފިޝަލް ބީޗުގައެވެ. އެއީ ޔޫތު މިނިސްޓްރީއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.