ދަރަނި ނަގައިގެން ދައުލަތް ހިންގާއިރު، ޕާޓީތަކަށް ފައިސާ ދޭކަށް ނުޖެހޭ: އަލީ ހުސެއިން

ރާއްޖޭގައި ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭން ނުޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށް އީސީން މަޝްވަރާ ކުރަމުންދާ ޚަބަރު ޓްވީޓް ކުރައްވަމުންނެވެ.
އަލީ ހުސެއިން ވިދާޅުވީ، މިއަދު ދައުލަތް ހިންގަމުން ދަނީ ދަރަނި ނަގައިގެން ކަމަށާއި މި ފަދަ ހާލެއްގައި ދައުލަތް ހިންގާއިރު، ސިޔާސީ ޕާޓީތަކަށް ދައުލަތުން ޚަރަދު ކުރަން ނުޖެހޭ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނަ އުސޫލު ބަދަލުކޮށް، އިންތިހާބުތަކުގައި އެ ޕާޓީއަކުން ކާމިޔާބީ ހޯދާ ނިސްބަތަކަށް، ހުރިހައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖޭގެ ދަރަނި މިހާރު ހުރީ 99 ބިލިޔަނުގައެވެ. އަލީ ހުސެއިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ދަރަނި އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާއަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.





.webp)

ކޮމެންޓް