Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްކޫލުގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއްގެ ގޮތުގައި ނުބަލަން:މިނިސްޓަރު

ސްކޫލުގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއްގެ ގޮތުގައި ނުބަލަން:މިނިސްޓަރު

ރާއްޖޭގެ ސްކޫލުތަކުގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއްގެ ގޮތުގައި ނުބަލާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސްކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަންގެ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވުމުން އެކަމާ ގުޅޭ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު ސައީދު، މިނިސްޓަރއާ ސުވާލު ކުރެއްވުމުންނެވެ.

ޑރ.އައިޝަތު އަލީ ވިދާޅުވީ، ނަމާދު ކުރުމަށް ސްކޫލުތަކުން ބާރު އަޅާ ކަމަށާއި ނަމާދަކީ އިސްލާމްދީނުގެ ރުކުނެއް ކަމުން އެކަން ކުރުމަށް ސްކޫލުގައި ވެސް ނަމާދު ކުރުމަށް އިންތިޒާމްތައް ހަމަޖައްސައިފައި ހުންނާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

"ސްކޫލުތަކުގެ ތެރޭގައި ނަމާދުކުރުން އެއީ ހަރުކަށި ކަމެއްކަމު ނުބަލަން. އެއީ އިސްލާމްދީނުގެ ރުކުނެއް. އެހެންވީމާ ނަމާދު ކުރަން ސްކޫލުތަކުން ހަމަ އެންކަރޭޖް ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީއާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އައިޔޫއެމްއާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާރެސް"ގައި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާ އެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ.

އޭގެ ތެރޭގައި ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް