Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސްކޫލު ގޭޓްތައް ތަޅުލަން އެންގި ސަބަބު މިނިސްޓަރު ކިޔައިދީފި

ސްކޫލު ގޭޓްތައް ތަޅުލަން އެންގި ސަބަބު މިނިސްޓަރު ކިޔައިދީފި

ސްކޫލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ސްކޫލުތަކަށް އެންގީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަނުމާ ގުޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިއަދު މަޖިލީހަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ސްކޫލުތަކުގެ ގޭޓް ތަޅުލައިފައި ބަހައްޓަން ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ފޮނުއްވައިފައެވެ. މިކަމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، ސުކޫލުތަކުގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުންތޯ ނޫނީ ލާދީނީ ވިސްނުމެއް ނުވަތަ ޓެރަރިޒަމްގެ ބިރުވެރިކަމެއް އޮވެދާނެތީތޯއެވެ.

Advertisement
Allied — Dhen Online (box)

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެންގީ ޖަމާލުއްދީން ސްކޫލަށް މީހަކު ހުއްދަނެތި ވަނުމުން ކަމަށެވެ. އަދި ސުކޫލުގައި ދަރިވަރުން އުޅޭ ވަގުތުތަކުގައި ސުކޫލުގެ ގޭޓުތައް ބަންދުކުރެވިފައި ހުންނަން ޖެހޭނެ ކަމަށާއި އެކަން އަލުން ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މިދިޔަ މަހުގެ 24ގައި ވަޅި ހިފައިގެން ހުރި މީހަކު ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް