ދުނިޔެ

ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާޢީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

Ads by Sosun Fihaara

ޖެނިންގެ ރެފިޔުޖީ ކޭމްޕެއްގައި ދިން މި ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު އަށް މީހަކު ވަނީ ޒަޚަމްކޮށްލައިފައެވެ.

އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ، އެ ތިން މީހުން ޝަހީދުކޮށްލީ، ޖެނިންގައި ހިންގަމުން ދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންތަކަކަށް އަމާޒުކޮށް ހަމަލާ ދިނުމުން ކަމުގައެވެ.

މަންޒަރު ފެނުނު މީހުން ބުނީ، ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފައި ވަނީ ކާރެއްގެ ތެރޭގައި އެ މީހުން ތިއްބާ ކަމަށެވެ. އެ އެ ކާރުގެ ތެރެއިން ހަތިޔާރުތަކެއް ފެނިފައިވާ ކަމަށް އިސްރާޢީލުން ބުންޏެވެ.

މި ހަމަލާތަކާ ގުޅިގެން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އަދި، ޖެނިންގައި އެ ޖަމާޢަތުން ހިންގާ ހަރަކާތްތައް އިތުރު ކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އިސްރާޢީލުގެ ސިފައިން ފަލަސްތީނު ރައްޔިތުންގެ ބިންތަކަށް އަރައި ހިންގަމުންދާ އުދުވާންތައް ފާއިތުވި ތިން މަހުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ.

އެ މުއްދަތުގެ ތެރޭގައި ޖެނިންގައި ހިންގައިފައިވާ އުދުވާންތަކުގައި ފަލަސްތީނުގެ 30 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ. މި މަހުގެ ކުރީ ކޮޅު އިސްރާޢީލު ސިފައިން ހިންގި ދެ އޮޕަރޭޝަނެއްގައި ވެސް ފަލަސްތީނުގެ ދެ މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!