ޚަބަރު

ބާ އެގްޒާމް ފަސް ނުކުރަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މައްސަލަ ބޮޑުވެފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ބާ ކައުންސިލުން ނިންމައިފިއެވެ.

Ads by Sosun Fihaara

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނާ ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެކްސްކޯއިން އިއްޔެ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަން ފާހަގަ ކުރިއެވެ. އެ ގޮތުގެ މަތިން މާޗު މަހު ވަނީ ޖޫން 25 ގައި އިމްތިހާން އޮންނާނެ ކަން އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ބަޔާނުގައި ވިދާޅުވީ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެއީ ކުއްލިއަކަށް އައި އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް އެ އިމްތިހާނާ ގުޅޭ ގޮތުން މިހައިތަނަށް ދިޔައީ މައުލޫމާތު ފޯރުކޮށްދެމުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ސަބަބުތަކާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނު ފަސްކުރެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!