ޚަބަރު

ވިނަރެސް ފްލެޓަކީ މިސަރުކާރުގެ މަސައްކަތެއް: އަސްލަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ ވިނަރެސް ފްލެޓްތަކަކީ މި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ދައުވާކުރައްވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަސްލަމް މިހެން ވިދާޅުވީ ވިނަރެސް މަޝްރޫއު ނިންމައި އެ ތަން ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރުމަށް މިއަދު އޮތް ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ ސީއެމްއީސީ ގުރޫޕް ތަރައްގީ ކުރި 1،344 ފްލެޓް ހިމެނޭ ވިނަރެސް ފްލެޓްތަކަކީ، ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަވާލު ކުރެވިގެން ހިންގުނު މަޝްރޫއެކެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ ވިނަރެސް މަޝްރޫއަކީ އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އޮގަސްޓް 25، 2009 ގައި އުފަން ކުރުވި މަޝްރޫއެއް ކަމަށެވެ.

"2009ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއި ސީއެމްއީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ބިނާކުރެވިގެންދިޔަ ޕްރޮޖެކްޓްތަކެއްގެ ތެރެއިން އެންމެ ފަހުން ނިންމަން އޮތް ބައި ނިންމައި ހޭންޑްއޮވާ ކުރުމުގެ ހަފްލާގައި މި ތިބީ." އަސްލަމް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތް ކުރެވުނު 1،000 ހައުސިން ޔުނިޓާއި މާލެ ހިމެނޭހެން މާލެ އާއި ހުޅުމާލޭގައި އިމާރާތް ކުރެވުނު 796 ހައުސިން ޔުނިޓް އަދި ދެކުނުގެ އަތޮޅުތަކުގައި އިމާރާތް ކުރެވުނު 704 ހައުސިން ޔުނިޓްގެ މަޝްރޫއުގައި ސޮއިކުރެއްވީ ވެސް އޭނާ ކަމަށެވެ

"މިކަން ފެށުނީ އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާ އެކީގައި. އަޅުގަނޑުމެންގެ ސަރުކާރެއްގެ ފެށުމެއްގެ ގޮތުގައި މިކަން ފެށިފައި މިއޮތީ. މިކަން ނިންމާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބޭ ފަހުރެއް،"

އަސްލަމް އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިއިރު އެ މަޝްރޫއުގެ މަސައްކަތް ކިރިޔާ ފެށުނީއެވެ. ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފެށޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހައްގު އަދި އަޅުގަނޑު ދައުވާކުރަން މިއީ ވެސް ހަމަ އަޅުގަނޑުމެންގެ މިސަރުކާރުގެ މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެެއް ގޮތުގައި" އަސްލަމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ތެދުބަސް، ހައްގު

    އަސްލަމު މިސަރުކާރުގެ ތިޔަކަހަލަ ޕުރެޖެކުޓު ތަށް ހިންގާ ރައިތުންނަށް ބޯހިޔާވަހިކަމެށް ހޯދަދިނުމުގެ ގާބިލުކަމެށް ނެށްކަކަން ރައިޔަތުންނަށް އެގޭ މީކަހާހިތިފިލުވަން ފެނަށް އަޅާފަ ހުރި ކަނޑޫތަކެށްހިތިފިލާފަ ހުއްޓާ ނަގާ އަވީލާފަ މިބުނަނީ މިސަރުކާރުން ބޭލި އިސްތައްޓޭ އަރާހުރެ ފޯކޭ ފޯކޭ ކިޔާބަލަ