ޚަބަރު

ސަލަފުގެ ރައްދެއް މަހްލޫފަށް: ލޯ އަނދިރީ ކޮންފަރާތެއްތޯ ބެލުމަށް، ޢިލްމުވެރިން ކުރާ މަސައްކަތް ދިރާސާކޮށްލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު ޖަމްއިއްޔަތުއްސަލަފުގެ ބޭފުޅުންނަށް ބައެއް މަންޒަރުތައް ނުފެންނަކަމަށް ދޭހަވާ މޭރުމަކުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފު، ޖަމީޢަތުލް ސަލަފަށް ފާޑުވިދާޅުވުމުން، އެ ޖަމިއްޔާއިން ރައްދުދީފިއެވެ.

Ads by STELCO

ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަން އުޅުނު ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު މީހުން ވަނީ އެތަނަށް ވަދެ ހަމަނުޖެހުން ހިންގައި އެހަރަކާތް ހުއްޓުވައިފައެވެ. އަދި އެހަމަނުޖެހުން ހިންގި ފަރާތްތައް ވަރަށް އަވަހަށް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަހްލޫފް މިއަދު ވިދާޅުވީ ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު ޖަމިއްޔަތުއްސަލަފުގެ ބޭފުޅުންނަށް ބައެއް މަންޒަރުތައް ނުފެންނަ ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުން ވެސް ޔޯގާ ޑޭ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދީނީ މީހުން ދީނީ ކަންކަމުގައި އުޅުއްވައިފައި ސިޔާސީ މީހުންނަށް ސިޔާސީ ކަންކަން ދޫކޮށްލީމާ ރަނގަޅުވާނެ ކަމަށް ވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް ރައްދު ދެމުން ސަލަފްގެ ރައީސް ޢަބްދުﷲ ބިން ޖަނާބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯ އަނދިރީ ކޮންފަރާތެއްތޯ ނިންމެވުމަށް، ރާއްޖޭގެ ޢިލްމުވެރިން ކުރައްވައިފައިވާ މަސައްކަތްތަކުގެ ދިރާސާއެއް ހެއްދެވުން ރަނގަޅުވާނެ ކަމަށާއި ގަދަހުން ޖެހިފައިވާ ބަލިމީހާއަށް ވަރަށް ގިނަ ފަހަރު އަނގަ ހިތިވެ، މީރު އެއްޗެހީގެ ރަހަ ގެއްލި، މީރު ނުވާތަން ވެސް އަންނާނެ ކަމަށެވެ.

Ads by Ooredoo
  1. ޖަހާންގީރު

    މަހޭ ރީނދޫ ހުންޖެހުނު ވާހަކަތަ ޖަނާބު އެބުނަނީ

  2. އީސަ

    މަހުލޫފަކ ވަރަށ ގޮތ ދޫނުކުރ ބަޅެއ. މ ބަޅ މުންކަރާތއ ފަތުރުަނ އިއުލާނ މުރުމުނ ދިވެހ ފުޓުބޯޅ ޓީމ ބަލިވިގޮތ ހަނދާނ އެބަހުރ އަހަރެމެނ ޝުކުރުވެރ ވުމުގ ބަދަކުގަި ކުފުރުވީމ ނަތީޖ ނިކުތ ގޮތ އެވަރ ނޭނގ ބަޅެއ މ ކުއްތ އަކީ

    • ސަރުކާނު

      ތީ ޤައުމީ ފެންވަރެއްގަ ކުރަންޖެހޭވަރުކަމެއް ނޫން ޤައުމީ ދަނޑުގަ ނެޖެހޭ ތިކަން ކުރާކަށް. ސަޤާފީ ސެންޓަރުގަ ނޫނީ ހައިކަމިޝަންގެ ތިލަން ކުރީމަ ނިމުނީ. ޢެހެންނޫނީ ކެރިގެން ސަރުކާރުން އިއުލާނުކޮށްބަލަ ޤައުމީ ފެންވަރުގަ މިކަން ކުރާދުވަހެއްގެ ގޮތުގަ މިކަން ކުރަން ނިންމައިފީމޭ.

  3. ނުގެނޭ

    އިންޑިއާ އެންބަސީ ތެރޭގައި ކޮށްބަލަ. އަހަރެމެންގެ ތެރެއަށް ތި ނުގެނަސް

  4. ފަތިސް ނަމާދު ކޮށްގެން ގޮސް ޝިރުކުގެ އަމަލު ތަކުގައި ބައިވެރިވާން ޖެހޭތޯ؟ އިއްޒައްތެރި ވަޒީރު ހުވަޔާއި ހިލާފް ވާންޖެހޭތޯ އިސްލާމް ދީނަ ހުރުމަތްތެރިކޮށް ހިތަން މިނިސްޓާރ ހުވާކުރި ނުންތޯ ؟

  5. ސުޒުކީ

    ކޮންތާކުހުރިނުލަފާކަޑުބަޅެއްތަތީއަދިބުނެފިޔެތްނުނަމާދުކޮށްގެންނޭދިޔައީވެސްރަކިސްބޮޑުބޯތަޅާހެންބޯތަޅާފަﷲއަށްސަރީކުކުރަންބުނެވިދާނެނަމާދުކޮށްްގެނޭދުވަހަކުވެސްތެދެތްނަހަދާނެތިޔަބަޅުންނެތް

  6. އާރީ

    މަހުލޫފް ތިބޭފުޅާ ތިފަދަމޭރުމަކުން ވާހަކަ ދެއްކީމަކަ ދެކޮޅެއް ނުޖެހޭ މިއަދުގެ ތިހަރަކާތް ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުއްވެރިކުރާވާހަކަ ހިތާމަޔާ އެކު ދަންނަވަން އަދި ވެރިކަމާއި އާރާއި ބާރަކީ އަބަދުމެ ދެމިއޮންނާނެ އެއްޗެއް ނޫންކަންވެސް ހަނދުމަކޮއް އަރުވަން ޝުކުރިއްޔާ

    • ކަނީރު

      ބަލަ ކަލެއަށް ތިވާހަކަ ދައްކާކަށް އަބަދަމުދުނިޔޭގަސް ނުހުރެވޭނެކަން ހަނދުމަކޮށްދެން

  7. ކޮންނަން ކޮންނަން ކަކުނިވަޅު ކޮންނަން

    މި ހިޔާލު އިސް ވެރީގުޑު

  8. މަހޭނެތިދާނީ

    ކުފޫހަމަނުވާމީހުން ވަޒީރުކަމަށް ލީމަ ވާނެ 6 އެތި މިއޮތީވެފަ. ސާފް ޗެމްޕިއަންސިޕްވެސް މޯދީއަށް ވިއްކާލީ މަހޭ…..