Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަޅުގަނޑުގެ ނަން ހިމެނޭތީ ފްލޯޓިވް ސިޓީގެ މަސައްކަތް ސަރުކާރުން ހުއްޓުވައިފި: ނަޝީދު

އަޅުގަނޑުގެ ނަން ހިމެނޭތީ ފްލޯޓިވް ސިޓީގެ މަސައްކަތް ސަރުކާރުން ހުއްޓުވައިފި: ނަޝީދު

ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާ ރާއްޖޭގައި ހެދުމަށް ޕްލޭން ކުރެވިފައިވާ ފްލޯޓިން ސިޓީގެ މަސައްކަތް ސަރުކާރުން ހުއްޓުވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ މިމަސައްކަތް ސަރުކާރުން ހުއްޓުވައިފައި ވަނީ އެމަނިކުފާނުގެ ނަން މި މަޝްރޫޢުގައި ހިމެނޭތީ ކަމަށެވެ. އަދި މި މަޝްރޫއު ހުއްޓުވައިފައި ވަނީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށް ނެގުނު ވޯޓުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކަމުން ކުރިއަށް ނުގެންދަވަނީ. އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ފްލޯޓިން ސިޓީ ތަރައްގީކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ. މި ފްލޯޓިން ސިޓީގައި 5،000ގެ އެޅުމަށް ވަނީ ނިންމައިފައެވެ. ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ޕްރޮކެޖްކްޓް ކުރިޔަށް ގެންދަން ސަރުކާރުން ޑަޗް ޑޮކްލެންޑްސްއަށް ގޮތެއް ނުދެއްކި ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުން މި ނަގައިލަނީ ދަރަނި ނެތް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއީ "ބޮޑުވަރު" ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް