ޚަބަރު

ނާޒިމް ހައްޔަރު ކުރަން އިދިކޮޅުން ގޮވައިލައިފި، ނާޒިމްކަމަށް ޝައްކު ކުރެވޭ ވީޑިއޯ ފުުލުހުންގެ ސަމާލުކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ދެ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ޕީޕީއެމްއިން ވެސް ވަނީ ގޮވައިލައިފައެވެ.

ފުލުހުން ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު މީގެކުރިން ފަށައިފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ނާޒިމް ވަނީ މީގެ ކުރިން "ދެން"އަށް ވިދާޅުވެފައެވެ.

މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވީޑިއޯގެ ހަގީގަތް ދެނެގަތުމަަށް ޓަކައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

އަދި ނާޒިމްގެ ފަރާތުން ފެންމަތިވި ފަދަ ބަދުއަހުލާގީ އަދި ލާދީނީ ކަންކަން ކޮށްފައިވާ މީސްމީހުން މި ސަރުކާރުން ގައުމުން ބޭރަށް ކުރިން ފުރުވާލާ ކަމަށާއި އެހެންވެ މިފަދަ މިކަން އިތުރަށް ތަކުރާރުކޮށް ނުކޮށް ނާޒިމް ހިފައި ހައްޔަރުކޮށް އޭނަގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގުކުރަން ވަނީ ގޮވައިލައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!