Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްދުންމަތީގެ ޕެޓްރޯލްގެ އަގު ހައްދުން ނައްޓާފައި

ހައްދުންމަތީގެ ޕެޓްރޯލްގެ އަގު ހައްދުން ނައްޓާފައި

ހައްދުންމަތީގެ ޕެޓްރޯލްގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިއަދު "ދެން"އިން ކުރި ދިރާސާއެއްގައި ދެއްކި ގޮތުގައި ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގެ ތެރެއިން ޕެޓްރޯލްގެ އަގު އެންމެ މަތީގައި އުޅެނީ ގަން-ފޮނަދޫ ސަރަހައްދުގައެވެ. މިގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު މި ސަރަހައްދުގައި އުޅެނީ 22.67 ރުފިޔާއަށެވެ. މާލެއިން ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ 16.55 އަށެވެ.

މިކަމާ ގުޅޭ ގޮތުން "ދެން"އިން ގަމު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދާ ސުވާލު ކުރުމުން ވިދާޅުވީ، ޕެޓްރޯލްގެ އަގު ބޮޑުވެގެން ޝަކުވާތައް މިއަދު އައި ކަމަށާއި މިކަމާ ގުޅިގެން ގަމުގައި ޕެޓްރޯލް ވިއްކަމުން އަންނަ ފަރާތްތަކާ އެކު މާދަމާ މަޝްވަރާކުރާނެ ކަމަށެވެ. އަދި ބޮޑު އަގުގައި ޕެޓްރޯލް ވިއްކާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"އެ މީހުންނާ ހަދާފައި ހުރި އެގްރީމެންޓްގައި އޮންނާނެ، ސަރުކާރުން އެ ވިއްކާ އަގުގެ ވަރަށް ކުޑަ ޕަސެންޓެއް ނެގޭނީ. އެ އެގްރިމެންޓް އަދި ބަލައެއް ނުލަން، މާދަމާ އެގްރީމެންޓް ބަލާލައިފައި އިތުރަށް ބޮޑުކޮށްފައިވާ ނަމަ އަޅުގަނޑުމެން ފިޔަވަޅު އަޅާގޮތަށް އޮތީ" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ގަމުގައި ޕެޓްރޯލް ވިއްކަމުން އަންނަނީ ދެ ފަރާތަކުންނެވެ. އާއްމުކޮށް ދެ ޝެޑްގައި ވެސް އަގުތަކެއް ހުންނަނީ އެއްވަރެއްގައެވެ.

<img class="alignnone wp-image-155696 size-large" src="https://cdn.dhen.mv/wp-content/uploads/2022/06/ހީސް@3x-1024x1024.png" alt="" width="1024" height="1024" />

ފޮނަދޫގެ ޕެޓްރޯލް އަގު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން "ދެން"އިން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒްއާ ސުވާލުކޮށްލުމުން ވިދާޅުވީ، ކައުންސިލުން ޕެޓްރޯލްގެ އަގު ދަށް ކުރުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން ރަށުގައި އެންމެ ޕެޓްރޯލް ޝެޑެއް ހުންނާތީ، އެސްޓީއޯގެ ތެޔޮ ކުންފުނި އެފްއެސްއެމްއާ މީގެ ކުރިން ވާހަކަ ދައްކައިފައިވާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައިނުވާ ކަމަށެވެ. އަދި މިހާރު އިތުރު އަމިއްލަ ފަރާތަކަށް ދީގެން ޕެޓްރޯލް ޝެޑެއް ހެދުމުގެ މަަސައްކަތް ކުރިޔަށްދާ ކަމަށާއި އެކަން ކުރިޔަށް އޮތް މަހެއްގެ ތެރޭގައި ބިޑް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިއާ އެކު ހައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފޮނަދޫގައި ހުންނަނީ އެންމެ ޕެޓްރޯލް ޝެޑެކެވެ. "ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓްރޯލްޝެޑް ހިންގުމަށް ފޮނަދޫން 2،000 އަކަފޫޓްގެ ބިމެއް، ޝެޑް ހިންގާ ފަރާތަށް ދޫކޮށްފައި ވަނީ މަހަކަށް 225 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. މިއީ އާއްމުކޮށް ފޮނަދޫން ބިންދޫކުރާ އަގަށް ވުރެ ވަރަށް ދަށް އަގެކެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ، ޕެޑްރޯލްޝެޑް ހިންގާ ފަރާތަށް ދޫކޮށްފައިވާ ބިމަކީ ވަރަށް ކުރިން ދޫކޮށްފައިވާ ބިމެއް ކަމަށާއި، ދިގު މުއްދަތަކަށް ކުރިން ބިން ދީފައި އޮތުމުން އަދި ވެސް ނަގަމުން އަންނަނީ ކުޑަ ކުއްޔެއް ކަމަށެވެ.

"އަގަކީ 225އެއް ނޫން، އެކަމަކު ވަރަށް ކުޑަ އަގެއް އޮންނަނީ. ސީދާ އަގު ޖެހޭނީ ބަލާލަން. އެއީ ކުރިން އަތޮޅު އޮފީސް (އަތޮޅު އޮފީހުން ބިންދިން) ޒަމާނުގައި ހެދުނު އެއްބަސްވުމެއްގެ ދަށުން ދިގު މުއްދަތަކަށް ހަދާފައި އޮތް އެއްބަސްވުމެއް. މިހާރު ރޭޓަށް ވުރެ ކުޑަ އަގެއް އޮންނަނީ" ރިޔާޒް ވިދާޅުވީ، އެއްބަސްވުން އައު ކުރާނީ ސަރުކާރުން މިހާރު ކަނޑައަޅައިފައި އޮންނަ ރޭޓަށް ކަމަށެވެ.

ގަން ފޮނަދޫ ސަރަހައްދަކީ ވެހިކަލް ގިނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް އެކި ޚިދުމަތްތަކުގައްޔާއި އެކިއެކި ބޭނުމަށް ދަތުރުފަތުރުކުރަން ޖެހޭ މީހެކެވެ. މިހެންކަމުން ޕެޓްރޯލްގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް