އިސޫ ހައްޔަރުކުރީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން

ކާނިވާ ތެރެއިން މިއަދު ހައްޔަރުކުރި އިސްމާއިލް އަބްދުލްރަހީމް (އިސޫ) ހައްޔަރުކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ކަމަށް ރިޕޯޓްކޮށްފިއެވެ.
ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން މަރައިލުމަށް ފަހު ކަނޑުފައްތައިފައިވާ ކަމަށެވެ.
އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، ރޭގެ ވަގުތެއްގައި އަމިއްލައަށް އޭނާ ވަނީ ފުލުސް އިދާރާއަށް ގޮސްފައެވެ.
އިސޫއަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓި މީހެކެވެ. މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ފުރުޤާން މިސްކިތުގައި ޙަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެމްބަރުންގެ ތެރޭގައި އޭނާ ހިމެނޭކަމަށް ވަނީ ބުނެފައެވެ.






ކޮމެންޓް