ދުނިޔެ

ފެކްޓްރީގެ ދުނިޔޭގައި ވިއެޓްނާމުން ޗައިނާ ފަހަތަށް ޖައްސައިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބިމާއި، މަސައްކަތުގެ މީހުންގެ މުސާރައާއި، ފެކްޓްރީތަކާއި ގުދަންތަކުގެ އޮޕަރޭޝަނަލް ހަރަދުތައް.ޗައިނާއަށް ވުރެ އަގުހެޔޮކޮށް ވިއެޓްނާމުން ލިބެން ހުރުމުން ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ ފެކްޓްރީއެއްގެ ގޮތުގައި ޗައިނާގެ ބަދަލުގައި ވިއެޓްނާމް ބަދަލުވެގެން ހިނގައިދާނެ ކަމަށް ރިޕޯޓްކޮށްފިއެވެ.

Ads by Sosun Fihaara

ގުއަންޑޮންގް ޕްރޮވިންސާއި ޝަންހާއީ ފަދަ ޗައިނާގެ އުފެއްދުންތެރިކަމުގެ މަރުކަޒުތަކުގައި ކޮވިޑް-19ގެ ސަބަބުން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސަޕްލައި ޗެއިންއަށް ވަނީ ވަރަށް ބޮޑެތި ބުރޫއެރުންތަކެއް އަރައިފައެވެ. ޗައިނާގައި އަދިވެސް ގެންގުޅެމުން އަންނަނީ ޒީރޯ ކޮވިޑް ސިޔާސަތެކެވެ.

ނަމަވެސް ވިއެޓްނާމުން ވަނީ ކޮވިޑް-19 ފިޔަވަޅުތައް އުވައިލާ، ނިއު ނޯމަލްއެއްގައި އާއްމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއަވެފައެވެ.

ވިއެޓްނާމްގެ ޖެނެރަލް ސްޓެޓިސްޓިކްސް އޮފީހުން ބުނާ ގޮތުގައި 2022ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިއެޓްނާމްގެ އިގްތިސާދު 5.03 ޕަސެންޓް ވަނީ ކުރިއަރައިފައެވެ. މީގެ އިތުރުން ވިއެޓްނާމްގެ ބޭރުގެ ވިޔަފާރި ފުރަތަމަ ކުއާޓަރުގައި 176.35 ބިލިއަން ޑޮލަރަށް އަރައިފައިވާ އިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 14.4 ޕަސެންޓްގެ އިތުރުވުމެކެވެ. ޗައިނާގައި ފުރަތަމަ ކުއާޓަރގައި ބޭރު ވިޔަފާރި މުއާމަލާތަށް ކުރިއަރައިފައި ވަނީ 10 އިންސައްތައެވެ.

މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ އެހެން ވިޔަފާރިތަކުން ދަނީ ވިއެޓްނާމްގެ ބާޒާރަށް ފައިސާ އިންވެންޓް ކުރަމުންނެވެ.

ގިނަ ވިޔަފާރިތައް ޗައިނާ ދޫކޮށް ވިއެޓްނާމަށް ބަދަލު ކުރަމުން އަންނަނީ ކޮވިޑް-19އާ އެކު ޗައިނާގައި އެޅި ފިޔަވަޅުތައް ލުއި ނުުކުރުމުންނެވެ. ހަރުކަށި ފިޔަވަޅުތަކާ އެކު، ފެކްޓްރީތައް ބަންދުކޮށް، އަދި ވެސް ބައެއް ފެކްޓްރީތަކުގެ މަސައްކަތް އޮތީ ނުފެށިއެވެ. މިއާ އެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު، ޗައިނާއާށް ބަރޯސާވުން ދޫކޮށްލައިފައި ވިއެޓްނާމް ފަދަ ޤައުމުތަކުގައި ބޮޑެތި ވިޔަފާރިތަކުން ދަނީ ފެކްޓްރީތައް ހަދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!