ބޮލީވުޑް

ރަންބީރު ބޭނުންވަނީ އޭނާގެ ދަރިފުޅު ފުޓުބޯޅަ ކުޅެން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އާލިއާއާއި ރަންބީރުގެ ދެމަފިރިން--

ކުޑަކުދިން ފުޓުބޯޅަ ކުޅުމަކީ އަބަދުވެސް ވަރަށް ލޯބިކުރާ ކަމެއް ކަމަށާއި ބޭނުން ވަނީ އޭނާގެ ދަރިފުޅު ވެސް ފުޓުބޯޅަކުޅެން ކަމަށް ބޮލީވުޑުގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.

Ads by Sosun Fihaara

ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެއް ކަމަށްވާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރަށް ދަރިއަކު ލިބެން އުޅޭ އެމީހުން އިއުލާނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ދަރިއެއް ލިބޭން އުޅޭކަން އެނގުމުގެ ކުރިން މި ފަހުން އިންޑިއާގެ ނޫހަކަށް ރަންބީރް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުޑައިރު ވެސް ފުޓުބޯޅަ ކުޅުމަށް ވަރަށް ލޯބި ކުރި ކަމަށެވެ. އަދި ކިޔެވުމަށް އޭރު ކިތަންމެ ދަށް ނަމަވެސް، އޭނާ މީހަކަށް ހަދައިދިން އެއްޗަކީ ފުޓުބޯޅަ ކަމަށް އޭނާ ބުންޏެވެ.

ރަންބީރު އިތުރަށް ބުނި ގޮތުގައި އޭނާއަށް އަންހެން ކުއްޖެއް ލިބުނަސް، އެ ކުއްޖަކު ފުޓުބޯޅަ ކުޅޭން އެދޭ ކަމަށެވެ.

އާލިއާއާއި ރަންބީރަށް ދަރިއަކު ލިބެން އުޅޭ ކަން ހާމަކޮށްފައި ވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުންނެވެ. އަލްޓްރާސައުންޑް ސްކޭނެއް ކުރުމަށް ގޮސް ނަގައިފައިވާ ފޮޓޯ ހިއްސާކޮށް އާލިއާ ވަނީ ވަރަށް އަވަހަށް އެ އާއިލާއަށް އިތުރު މެންބަރަކު އިތުރުވާނެ ކަމަށް ބުނެފައެވެ.

ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އާލިއާއާއި ރަންބީރު ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ 14ވަނަ ދުވަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!