ޚަބަރު

ގައިންގަޔަށް އަރާ ބަލިތައް މި ދުވަސްވަރު ގިނަވުން އެކަށީގެންވޭ: ޑރ.މުޙައްމަދު ޢަލީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.މުޙައްމަދު ޢަލީ

ގައިންގަޔަށް އަރާ ބަލިތައް މި ދުވަސްވަރު ގިނަވުން އެކަށީގެންވާކަމަށާއި އެ ގޮތުން އެކަމަށް ރައްކާތެރިވުމަށް ޑރ.މުޙައްމަދު ޢަލީ އިލްތިމާސް ކުރައްވައިފިއެވެ.

Ads by STELCO

ޑރ.މުޙައްމަދު ޢަލީ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާއި އުދައެރުމުގެ ކާރިސާތަކުގައި އެކިކަހަލަ އަސަރުތައް އެ ރަށްތަކުގެ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެ ގޮތުން ގައިންގަޔަށް އަރާ ބަލިތައް ގިނަވުން އެކަށީގެންވާ ކަމަށާއި, އެންމެ އާންމުކޮށް ގިނަވެދާނެ ބައްޔަކީ ބޭރަށްހިންގުންކަމަށް ވިދާޅުވިއެވެ.

އެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ.މުޙައްމަދު ޢަލީ އިލްތިމާސް ކުރެއްވިއެވެ.

ޑޮކްޓަރ ފާހަގަ ކުރެއްވި ކަންކަން:

1.ކެއިން ބުއިމުގައި ސާފު ބޯފެން ބޭނުންކުރުން މުހިންމު.
2.ކައްކާ ހިހޫކޮށްފައި ހުންނަ ބޯފެން ބޭނުން ކުރުން.
3.ކެއުމުގެ ކުރިންނާއި ފަހުންވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން.
4.ކެއުމަށް ބޭނުންކުރާ ތަށްޓާއި, ސަމުސާ ރަނގަޅަށް ދޮވެފައި ބޭނުންކުރުން.
‏5.ބޭރަށް ހިންގާނަމަ ލޮނުޕެކެޓް ބޭނުން ކުރުން.
6. ކައްކާ ހިހޫކޮށްފައި ހުންނަ ފެނުގައި ލޮނުޕެކެޓް ތައްޔާރު ކުރުން.
7.އެއް ލީޓަރު ފެނަށް އެއް ޕެކެޓް އޯއާރްއެސް އަޅައިގެން ތައްޔާރުކުރުން.
8.ލޮނުޕެކެޓް ތައްޔާރު ކުރާތާ 24 ގަޑިއިރުތެރޭ ހުސްނުވާ ބައި އުކާލުން.
‏9.ހަކުރުބަލީގެ މީހުންނަށާއި, ލޭމައްޗަށް ދާ މީހުން ވެސް ބޭރަށް ހިންގާނަމަ ލޮނުޕެކެޓު ބޭނުން ކުރެވޭނެ.
10.ހޮޑުލެވޭނަމަ އެންމެ ފުރަތަމަ ހޮޑު މަނާކުރާ ބޭސް ބޭނުން ކުރުން. އެއަށް ފަަހު 30 މިނިޓުތެރޭ ހޮޑު ނުލެވޭ ނަމަ ލޮނުޕެކެޓް ދޭން ފަށާނީ. ‏ހޮޑު މަނާކުރާބޭސް ބޭނުން ކުރާތާ 30 މިނިޓް ތެރޭގައި ހޮޑު ލެވިއްޖެނަމަ, ހަމަ ކުރިން ބޭސް ދިން ވަރަށް ހޮޑު މަނާކުރާ ބޭސް ބޭނުން ކުރާނީ.
11.ހޮޑުލައި ބޭރަށްހިންގާ ދުވަސްވަރު ކިރު އަޅާފައި ހުންނަ އެއްޗިހި ބޭނުންކުރުމުން ގިނައިން ބޭރަށް ހިންގަފާނެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!