ޚަބަރު އިޖުތިމާޢީ ސަރުކާރު

ބިދޭސީން ގެނައުމަށް އޮޅުވައިލައިގެން ޕޯޓަލްތައް ހިންގާތީ ސަމާލުވާން އެދިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް އާންމުންނަށް ހުޅުވާލާފައިވާ ޕޯޓަލް ނަކަލުކޮށްގެން އޮންލައިން ޕޯޓަލްތައް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.

Ads by Hajj Corporation

ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކޮށް, އާންމުންނަށް ހުޅުވައިލައިފައިވާ ޕޯޓަލަކީ https://xpat.egov.mv އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕޯޓަލް ނަކަލު ކޮށްގެން ޕޯޓަލްތައް ހަދަމުންދާ ކަމަށެވެ. އަދި އެ ފަދަ ޕޯޓަލްތަކަކީ އޮޅުވައިލައިގެން ޔޫޒާ އެކައުންޓުގެ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ޕޯޓަލްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަކަލު ކޮށްފައިވާކަމަށް މިނިސްޓްރީއަށް މިހައިތަނަށް ފާހަގަ ކުރެވިފައިވާ ޕޯޓަލްތައް:

https://immigrationgovmv.org

https://xpat-egovmv.com

https://xpategovmv.org

https://xpategov.com

https://www.xpat-gov.com

https://www.xpat-egov.online

އިކޮނޮމިކް މިިިނިސްޓްރީން ވަނީ އެ މިނިސްޓްރީން ފަރުމާކޮށްފައިވާ ޕޯޓަލް ބޭނުންކުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް އެދިފައެވެ.

އެ ގޮތުން އެއްވެސް ޕޯޓަލަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށާއި, އެފަދަ ޕޯޓަލަކަށް ލޮގިން ކުރެވިފައިވާކަމަށް ޝައްކުކުވާ ނަމަ ޕާސްވޯޑް ރިސެޓްކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!